ޚަބަރު އިޖުތިމާޢީ

މާދަމާ 2ގެ ފަހުން ރާއްޖެއިން އަބޫ ދާބީއަށް ދާނަމަ ހޯމް ކަރަންޓީން ވާން ޖެހޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށް މާދަމާ މެންދުރު 2ގެ ފަހުން ރާއްޖެއިން އަބޫދާބީއަށް ދަތުރު ކުރާ ފަރާތްތަކުން ހޯމް ކަރަންޓީނު ވާން ޖެހޭގޮތަށް ހަދައިފިއެވެ،

Ads by Sosun Fihaara

ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު އަދާހަމަ ކުރާ އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފައިވާއިރު މާދަމާ މެންދުރު 2ގެ ފަހުން ރާއްޖެއިން އަބޫދާބީއަށް ދާ ކޮންމެ މީހަކު ހޯމް ކަރަންޓީނެއް ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެއެވެ. މިގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ 7 ދުވަހަށް އަދި ވެކްސިން ނުޖަހާ މީހެއް ނަމަ 12 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރަން ޖެހެއެވެ. އަދި އަބޫދާބީއަށް އެތެރެވެވޭނީ ވެސް ޕީސީއާރު ޓެސްޓެއް ހެދުމަށް ފަހުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ ވަނީ މީގެ ކުރިން ވެސް އުނިކޮށްފައެވެ. އެފަހަރު 5 ވަރަކަށް މަސް ވަންދެން ރާއްޖެ ވަނީ އަބޫދާބީގެ ގްރީން ލިސްޓުން އުނިކޮށްފައެވެ.

އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށްފައިވާއިރު ދެކުނު އޭޝިޔާގެ ގައުމުތަކުން އަބޫދާބީއަށް ދާ ފަރާތްތަކުން ކަރަންޓީނު މުއްދަތު ރާއްޖޭގައި ހަމަކުރުމަށް މަޑުކުރުމުގެ މައްސަލަތައް ވަނީ މީގެ ކުރިން ފެންމަތިވެފައެވެ. ޔޫއޭއީއަކީ ގިނަ އަދަދެއްގެ ދިވެހިން އާއްމުކޮށް އައިސް ގޮސްވެ އުޅޭ މަގްބޫލު މަންޒިލެކެވެ.

Ads by HDC
  1. ޗަކޮއި

    ދުބާއީ އިން ތިޔަހެން ނުހަދާނުން. ދުބާއީ އިން ދިވެހިންނަށް ތިޔަހެން ހެދީމަ އެއްޗެއް ދަސްވެދާނެ