Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މިހާތަނަށް 4,000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑޯޒް ޖަހައިފި

މިހާތަނަށް 4,000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑޯޒް ޖަހައިފި

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް 4000އަށް ވުރެ ގިނަ ދަރިވަރުން ފުރިހަމަކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ، ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން، 4973 ދަރިވަރަކު މިހާތަނަށް ކޯވިޑުން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށެވެ. ގާތްގަނޑަކަށް 40،000 ދަރިވަރުންނަކީ ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖެހޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ސްކޫލު ކުދިން ވެކްސިން ޖަހަން ދާން ޖެހޭ މަރުކަޒުތަކާއި ގަޑިތައް ބެލެނިވެރިންނަށް އަންގާނެ ކަމަށާއި އެ މިނިސްޓްރީގެ އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާ އެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށް ވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމައިފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމައިފައެވެ. ސަރުކާރުގެ އަމާޒަކީ މި އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުމެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް