Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިޔާ ޓަވަރުގެ ލިފްޓުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ކަރަންޓު ދިނުން މިއަދަށް މެދުކަނޑައިލައިފި

މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކަށް ކަރަންޓު ދިނުން މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ މިއަދު ކަރަންޓު ދިނުމަށް ނިންމައިފައިވާ ހިޔާފްލެޓްތަކުގެ 3 އަދި 4 ވަނަ ޓަވަރުގެ ލިފްޓްތަކަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މެދުކަނޑައިލާން ޖެހިފައިވާ ކަމަށެވެ. އަދި އެޗްޑީސީން މިހާރު އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މި 2 ޓަވަަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސް.އެމް.އެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

https://twitter.com/stelcomaldives/status/1428604602065121290?s=21

Advertisement
Ooredoo — Square (box)

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރީ 25 ބުރީގެ 16 ޓަވަރެވެ. ޖުމްލަ 6،720 ފުލެޓް މި މަޝްރޫއުގެ ދަށުން ދޫކޮށްފައިވެއެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ހިމެނޭ ބައެއް ޓަވަރުތަކަށް ދާއީމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް