Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގައްދޫ މުޖްތަމައު ތެރެއިން އަނެއްކާ ވެސް ކޮވިޑް ބަލި ފެނިއްޖެ

ގައްދޫ މުޖްތަމައު ތެރެއިން އަނެއްކާ ވެސް ކޮވިޑް ބަލި ފެނިއްޖެ
ގދ ގައްދޫގެ މުޖުތަމައުގެ ތެރެއިން ކޮވިޑް-19ގެ ވޭދަނައެއް ފެނިއްޖެއެވެ. ގައްދޫ ސިއްހީ މަރުކަޒުން ވިދާޅުވީ އެ ރަށުން ކޮވިޑް-19ގެ ވޭދަނައެއް މިއަދު ފެނިފައިވާ ކަމަށެވެ. ފައްސިވެފައި ވަނީ އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމަށާއި އެމީހާ ގައްދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދައްކައިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް ޞިއްޙީ މަރުކަޒުން ވިދާޅުވިއެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ފަހަކަށް އައިސް އަތޮޅުތެރޭގެ އެކި ރަށްރަށުން ކޮވިޑް-19ގެ ވޭދަނަތައް ދަނީ ފެންނަމުންނެވެ. އެގޮތުން 18 ރަށެއް މިހާރު ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 79،754 މީހުންނެވެ. ބަލިން ފަސޭހަވެފައިވަނީ 77،770 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން 222 މީހުން މިހާތަނަށް ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް