Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރާއްޖޭގައި މިހާރު ހުރީ ޕާޓްޓައިމް ފޮރިން މިނިސްޓަރެއް: އާދަމް ޝަރީފް

ރާއްޖޭގައި މިހާރު ހުރީ ޕާޓްޓައިމް ފޮރިން މިނިސްޓަރެއް: އާދަމް ޝަރީފް

މިއަދު ރާއްޖޭގައި ހުރީ ޞައްޙަ ފޮރިން މިނިސްޓަރެއް ނޫން ކަމަށާއި އެއީ ޕާޓް ޓައިމް ފޮރިން މިނިސްޓަރެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްއަށް މެމްބަރުން އިތުރުކުރުމުގެ ޙަރަކާތުގެ ދަށުން ރޭ އައްޑޫ ސިޓީގެ މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ، އެ މަޤާމު އަދާ ކުރައްވަމުން އެކުވެރި ދައުލަތްތައް، އދގެ މަޤާމެއް އެބަ އަދާ ކުރައްވާ ކަމަށާއި އެއީ ޞައްޙަ ކަމެއް ނޫން ކަމަށެވެ.

"ކުރީގައި އަޅުގަނޑުމެން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރިއިރު އެކަހަލަ މީހުންނަށް ކިޔަނީ ޕާޓްޓައިމް މީހުންނޭ ، އެހެންވީމާ މިއަދު އަޅުގަނޑުމެން ޤަބޫލު ކުރަން އެބަ ޖެހޭ ، މިއަދު ރާއްޖޭގައި ހުރި ފޮރިން މިނިސްޓަރަކީ އެއީ ޕާޓް ޓައިމް ބޭފުޅެއް ، ޕާޓް ޓައިމް ބޭފުޅަކަށް ރާއްޖޭގެ ފުރިހަމަ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރާކަށް ފުރުސަތެއް ނޯންނާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ޢަބްދުﷲ ޝާހިދަކީ ބޭރުގެ ސިފައިން ޤައުމަށް އެރުމަށް ގޮވައިލެއްވި ބޭފުޅެއް ކަމަށާއި އެފަދަ މީހަކަށް ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރެވޭނެ ޚާރިޖީ ސިޔާސަތެއް ތަންފީޒެއް ނުކުރެވޭނެ ކަމަށެވެ.

ޢަބްދުﷲ ޝާހިދު، ފޮރިން މިނިސްޓަރކަމުގައި ހުންނަވައިގެން އެހެން މަޤާމެއް އަދާ ކުރައްވާ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަދި ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙުމަދު ވެސް ވަނީ މީގެ ކުރީން ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ ކެބިނެޓްގައި އިންނަވާ ބޭފުޅަކު އެހެން މަޤާމެއް އަދާ ކުރުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް