Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ބަރުލަމާނީ ގެންނަން ޕެޓިޝަން ހެދިޔަސް ރައްޔިތުން ބަލައެއް ނުގަންނާނެ: ޒައިދު

ބަރުލަމާނީ ގެންނަން ޕެޓިޝަން ހެދިޔަސް ރައްޔިތުން ބަލައެއް ނުގަންނާނެ: ޒައިދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންވައިގެން ސޮއިކުރަމުންދާ ޕެޓިޝަނަކީ ރައްޔިތުން ގަބޫލު ކުރާނެ ޕެޓިޝަނެއް ނޫން ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ބަރުލަމާނީ ނިޒާމު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ގޮވައިލައި ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ޕެޓިޝަނެއްގައި ސޮއިކުރަން ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުން އެއްފަހަރު “ރިޖެކްޓް” ކޮށްފައިވާ ނިޒާމެއް ކަމަށެވެ. އަދި މިއީ ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް އެއްވެސް ގޮތަކުން އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި ބަރުލަމާނީއަށް އޭރު ވެސް މިހާރު ވެސް ތާއީދެއް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ޕެޓިޝަން ހެދިޔަސް ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/alizaid1000/status/1429102730107256837?s=21

ބަރުލަމާނީ ނިޒާމު ގެނައުމަށް ޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަންގައި ސޮއިކުރަން ފެށުމަަށް ރޭގެ ވަގުތެއްގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ. މި ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް