Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައްޔިތުން ބޭނުންވުމުން ސަރުކާރު ވައްޓައިލެވެން ޖެހޭނެ: ބޮންޑެ

ރައްޔިތުން ބޭނުންވުމުން ސަރުކާރު ވައްޓައިލެވެން ޖެހޭނެ: ބޮންޑެ

ރައްޔިތުން ބޭނުންވުމުން ސަރުކާރު ވައްޓައިލެވެން ޖެހޭނެކަމަށް މާފަންނު މެދު ދާއިރާގެ މެެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މި ފަދައިން ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ބަރުލަމާނީ ނިޒާމު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ގޮވައިލައި ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ރައީސަށް ހުށަހަޅާ ޕެޓިޝަންގައި ސޮއިކުރުން ފެށުމަަށް ރޭގެ ވަގުތެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ބޮންޑެ ވިދާޅުވީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމަކަށް އޮތީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓާލެވެން ޖެހޭނެ ކަމަށާއި ރައްޔިތުން ބޭނުންވީމަ ސަރުކާރު ވައްޓައިލެވޭނީ ބަރުލަމާނީ ނިޒާމަކުން ކަމަށް ބޮންޑެ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން، ރައީސް ނަޝީދު ވެރިކަން ކުރެއްވީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ކޮންމެ ދުވަހަކު މަޖިލިސް މެންބަރުން މުލިއާގެއަށް ގެންދަވައިގެން އެމަނިކުފާނު މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަން ވެސް ނެތް ކަމަށާއި އެކަމުގެ އެންމެ ބޮޑު ހެއްކަކީ ދައުލަތުގެ އެއްބާރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެ މަނިކުފާނުގެ ރައްކާތެރިކަން އަދާހަމައަށް ވެސް ޔަގީންކޮށް ނުދެވުނުކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ޓަކައި ރައީސަށް ހުށަހަޅާ ޕެޓިޝަންގައި ސޮއިކުރުން ފެށުމަަށް ރޭގެ ވަގުތެއްގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި އެމްޑީޕީގެ ބައެއް އާންމުން ވަނީ ބައިވެރިވެފައެވެ. މި ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް