Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޔާމީން އެދިވަޑައިގަތީ އަދީބާއި ޒިޔަތުގެ ހެކި ބަލައިނުގަތުމަށް

ރައީސް ޔާމީން އެދިވަޑައިގަތީ އަދީބާއި ޒިޔަތުގެ ހެކި ބަލައިނުގަތުމަށް

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގައިފައިވާ ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހަޅައިފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކި ބަލައިނުގަތުމަށް ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގެންފިއެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ދެ ދައުވާއެކެވެ. އެއީ މަނީ ލޯންޑަރކުރުމުގެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ދައުވާއެވެ.

މިއަދުގެ އަޑުއެހުމަށް ރައީސް ޔާމީންގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހަޅައިފައި ވެއެވެ. އޭގެ ތެރޭގައި މައިގަނޑު އެއް ހުށަހެޅުމަކީ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ހުށަހަޅައިފައިވާ ހުށަހެޅުމެކެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޔާމީންގެ ފަރާތުން މިފަދައިން އެދިފައިވީ ނަމަވެސް، އަދީބާއި ޒިޔަތުގެ ހެކި ބަހާ ގުޅޭ އެހެން ހެކިތައް ހުރުމުން އެ ދެ ބޭފުޅުންނަކީ ބޮޑު ކުށަކަށް އިއުތިރާފްވެފައިވާ ފާސިގުން ކަމުގައިވީ ނަމަވެސް އެ ހެކި ބަލައިގަންނަން ގާނޫނު ތަންދޭކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް