Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ބަރުލަމާނީ ޕެޓިޝަނަކީ ގައުމީ މަޖިލީހުގެ ވޯޓު ހޯދަން ކުރާ ކަމެއް: މޫސަ

ބަރުލަމާނީ ޕެޓިޝަނަކީ ގައުމީ މަޖިލީހުގެ ވޯޓު ހޯދަން ކުރާ ކަމެއް: މޫސަ

ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވޯޓު ހޯދަން ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިފަދައިން ވިދާޅުވެފައި ވަނި ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ބަރުލަމާނީ ނިޒާމު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ގޮވައިލައި ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ރައީސަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފައިވާ ދަނޑިވަޅެއްގައެވެެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީއޭ ކިޔައގެން އޮޅުވައި ނުލެވޭނެ ކަމަށާއި ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީގެ ގައުމީ މަޖްލީހުގެ އިންތިޚާބެއް ވަކި މަންޒަރެއް ދައްކަން ކުރާ ކަމެއް ކަމަށެވެ. އަދި ޕެޓިޝަނެއްގަ ސޮއި ނުކުރިޔަސް އާބާދީގެ ބޮޑުއަދަދެއްގެ ސޮއި އޭގަ އޮންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި ބޮޑުވަޒީރު ކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރައްވާނީ އިދިކޮޅު ޕީޕީއެމްއާ އެކުގައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް