Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ބަރުލަމާނީ ޕެޓިޝަނާ އެކު ވެސް ރައީސް ޞާލިޙްގެ ޖަވާބަށް ބަދަލެއް ނާދޭ

ބަރުލަމާނީ ޕެޓިޝަނާ އެކު ވެސް ރައީސް ޞާލިޙްގެ ޖަވާބަށް ބަދަލެއް ނާދޭ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ކަމަށް ރައީސް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު އަނެއްކާ ވެސް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކް ވިދާޅުވީ ސަރުކާރުން ގެންގުޅެނީ ވެރިކަން ކުރާ ކޯލިޝަންގައި އޮތް ޕާޓީތަކާ ގުޅިގެން ހަދައިފައިވާ މެނިފެސްޓޯއެއް ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުލަވައިލި މެނިފެސްޓޯގައި ގާނޫނުއަސާސީއަށް ބަދަލު ގެނެސް، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ފުރޮޅައިލާން ރައީސް ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމަަށް ބާރުއެޅުމުގެ ގޮތުން އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

Advertisement
Allied — Dhen Online (box)

މި ޕެޓިޝަނާ ގުޅޭގޮތުން ނޫސްވެރިއަކު މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި ނިޒާމުގެ މައްސަލައިގައި ރައީސްގެ ޖަވާބަކީ އެއީ ކަމަށެވެ. މިއީ މި ސުވާލަށް ސަރުކާރުގެ ފަރާތުން ތަކުރާރުކޮށް ދެއްވަމުންދާ ޖަވާބެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯއަކީ ކޯލިޝަންގައި އޮތް ޕާޓީތަކުން އެއްބަސްވެގެން އެކުލަވައިލި މެނިފެސްޓޯއެއް ކަމަށްވާތީ އެ މެނިފެސްޓޯގައި އޮންނާނީ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކެއްގެ ވާހަކަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް