ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު ނިޔާވެއްޖެ

ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 46 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ރ. ދުވާފަރުގެ ރައްޔިތެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 225 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون