Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 80ހާހުން މައްޗަށް އަރައިފި

ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 80ހާހުން މައްޗަށް އަރައިފި

ރާއްޖެއިން މިއަދު އިތުރު 108 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 37 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 63 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 8 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 80،067 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 78،189 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް