Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ތަފާތުނުކޮށް، މައްސަލަ އަވަހަށް ނިންމައި ދިނުމަށް މަހުލޫފް އެދިއްޖެ

ތަފާތުނުކޮށް، މައްސަލަ އަވަހަށް ނިންމައި ދިނުމަށް މަހުލޫފް އެދިއްޖެ

ވެރިކަން ކުރަމުންދާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި، ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފަށް އަންގައިފައިވާ މައްސަލައިގެ އިސްތިއުނާފްގެ މަރުހަލާ މައްސަލަ ވީހާވެސް އަވަހަށް ނިންމަވައި ދެއްވުމަށް އޭނާ އެދިވަޑައިގެންފިއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެމްޑީޕީގެ މާލެ ދާއިރާގެ މިހާރުގެ ރައީސް އަކްރަމް ކަމާލުއްދީނަށް އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އެމްޑީޕީން އަނބުރާ ގެންދިޔުމާ ގުޅިގެންނެވެ.

https://twitter.com/ahmedmahloof/status/1429835165430292485?s=21

Advertisement
Allied — Dhen Online (box)

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލަ އިސްތިއުނާފް ކޮށްފައިވާތާ މިހާރު 6 ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ގަވާއިދު ބުނާގޮތުން މައްސަލަ ހުށަހަޅާތާ 2 ދުވަސް ތެރޭގައި މައްސަލައަށް ވާގޮތެއް ނުވަތަ ކޮންމެވެސް ޖަވާބެއް ދޭންޖެހޭކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަންވެސް ކޮށްދީފައި ނުވާކަމަށާއި އޭނާއާ މެދު ތަފާތުނުކޮށް ވީހާވެސް އަވަހަށް މައްސަލަ ނިންމައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ވެސް ލިބޭގޮތަށް މައްސަލަ ނިންމަވައި ދެއްވުން އެދޭކަމަށެވެ.

އެމްޑީޕީގެ މާލޭ ދާއިރާއަށް އަނެއްކާ ވެސް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި އަކްރަމަށް ފުރުސަތު ގެއްލިފައިވާ ކަމަށް އެ ޕާޓީން ކުރިން ނިންމި ނަމަވެސް އޭނާއަށް އިންތިހާބުގައި ބައިވެރިވެވޭނެކަން އިންތިހާބާ ބެހޭ ކޮމިޓީން ނިންމައިފައިވާ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް