Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ދީނަށް ފުރައްސާރަ ކުރުން މަނާ ކުރުމުގެ ބިލެއް މަޖިލީހަށް ހުށައަޅައިފި

ދީނަށް ފުރައްސާރަ ކުރުން މަނާ ކުރުމުގެ ބިލެއް މަޖިލީހަށް ހުށައަޅައިފި

އިސްލާމްދީނަށް ފުރައްސާރަކުރުން މަނާކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިބިލު މަޖިލީހަށް ހުށައަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ.

މެމްބަރު ހިސާން ހުށައެޅުއްވި މިބިލުގައި ވާގޮތުން މުވާސަލާތީ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް އިސްލާހެއް ގެނައުމަށް ސަރުކާރުގެ ފަރާތުންވަނީ ހުށައަޅުއްވައިފައެވެ.

Advertisement
Allied Insurance — Square (box)

ހިސާން ވިދާޅުވީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، ޤާނޫނުތަކުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފަށް ޤާނޫނެއް ނުހެދޭނެ ކަމަށް އެ ޤާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލެއްގެ މައްސަލަ ބޮޑުވެ އެބިލް އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައި ވަނިކޮށް މިއަދު މަޖިލީހަށް ހިސާން ހުށައެޅުއްވި ބިލް ހުށައަޅުއްވަމުން ހިސާން ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއް ކަމަށާއި، ރާއްޖޭގެ މުޅި ދައުލަތް ބައްޓަންކުރަން ޖެހޭނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމީ ޤާނޫނު އަސާސީގައި ބަޔާންވެފައިވާ އޮޅުވައި ނުލެވޭނެ ޙަޤީޤަތެއް ކަމަށެވެ.

މައްސަލަ ބޮޑުވި ނަފްރަތުގެ ބިލާ ބެހޭ ގޮތުން މިއަދުގެ ބިލް ހުށައަޅުއްވަމުން ހިސާން ވިދާޅުވީ ކުރިން ސަރުކާރުން ހުށަހެޅި ނަފުރަތުގެ އަމަލުތައް މަނާކުރުމުގެ ބިލާއި މިއަދު ހުށަހެޅި ބިލުގެ ވެސް ބޭނުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ވެށި ރައްކާތެރިކުރުން ކަމަށެވެ.

އެހެން ނަމަވެސް އެ ބިލަކީ ދީނަށް ކުރި ފުރައްސާރައެއް ކަމަށާއި ބިލުގެ ސަބަބުން ދީނަށް ފުރައްސާރަ ކުރުން އިތުރުވާނެކަމަށް ބުނެ ދީނީ އިލްމުވެރިންނާއި ރައްޔިތުން ވަނީ އެބިލާ ދެކޮޅަށް އަޑު އުފުލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް