Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީ އިންތިހާބުގައި މަޙްލޫފަށް ވާދަ ނުކުރެވޭ މައްސަލަ އީސީއަށް!

އެމްޑީޕީ އިންތިހާބުގައި މަޙްލޫފަށް ވާދަ ނުކުރެވޭ މައްސަލަ އީސީއަށް!

އެމްޑީޕީ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަޙްލޫފަށް ވާދަ ނުކުރެވޭ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު މަޙްލޫފަށް އެ ޕާޓީން އަންގައިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން މަޙްލޫފް މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފަށް ނިންމައިފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން އަލުން މުރައާޖާކޮށްދެއްވައި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެން މަޙްލޫފް ވަނީ އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފަށް ވެސް ސިޓީއެއް ހުށަހަޅައިފައެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/AhmedMahloof/status/1430086065021284358?s=20

އެއަށް ފަހު މިނިސްޓަރ މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ހުށައެޅި ޝަކުވާއަށް އެއްވެސް ޖަވާބެއް ނުލިބި އިންތިޚާބަށް އެންމެ 30 ދުވަހަށް ވެފައިވާތީ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނަށް މިއަދު އެ މައްސަލަ ހުށައަޅައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް