މާލެއިން ފައްސިވީ 42 މީހުންނާ އެކު މިއަދު ފައްސިވީ 151 މީހުން

ރާއްޖެއިން މިއަދު އިތުރު 151 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 42 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 98 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 4 މީހުން ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދު ފަހަރުން 7 މީހަކު ވެސް މިއަދު މި ބައްޔަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 80،218 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 78،294 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 225 މީހުން ނިޔާވެފައި ވެއެވެ.