Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ކޮމިޝަނުން ކޮށްފައިވާ ތަހުގީގުތަކުގެ ޞައްޙަކަމާ މެދު ސުވާލު އުފެދޭ: ޝަހީމް

ކޮމިޝަނުން ކޮށްފައިވާ ތަހުގީގުތަކުގެ ޞައްޙަކަމާ މެދު ސުވާލު އުފެދޭ: ޝަހީމް

ކޮމިޝަނުން ކޮށްފައިވާ ތަހުގީގްތައް ޞައްޙަވުމާ މެދު ސުވާލު އުފެދުމުގެ ޖާގަ އޮތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލައިގައި ލަންކާގެ ރައްޔިތެެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަންއިން ލަންކާގައި ހުންނަ ދިވެހި އެންބަސީ މެދުވެރިކޮށް އަމަލުކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ކޮމިޝަނަށް އެންގުމާ ގުޅިގެންނެވެ.

ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަހުލޫފްގެ ތަހުގީގް ގޮސްފައިވާ ގޮތާއި، ކަން ހިނގާފައިވާ ގޮތުން ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ ތަހުގީގްތައް ސައްޙަ ވެދާނެކަމާ މެދު ސުވާލު އުފެދޭކަމަށެވެ. އަދި މިކަމުން އެގިގެން ދަނީ ކޮންމެ މީހަކަށް ވެސް ކޮމިޝަނުން ކުރި ތަހުގީގާ ގުޅިގެން ރައީސް އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވާކަމަށް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/mohamedshaheem1/status/1430368213179658242?s=21

ޔޫތު މިނިސްޓަރު އަހުމަދު މަޙްލޫފްގެ މައްޗަށް ކުރި ކަރަޕްޝަންގެ ތުހުމަތުގައި ރައީސް އޮފީހުން ފޮނުއްވި ސިޓީގައި ވިދާޅުވީ، މިނިސްޓަރ މަހުލޫފްގެ މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާ ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅާ ހުށަހެޅުމެއް (މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް) ފޮނުވައިގެން ކަމަށްވީ ނަމަވެސް އެ އުސޫލުން ކަންކޮށްފައި ނުވާ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް