Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

މީސް މީޑިއާގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލަ މަޖިލީހުން ބަލަން ފަށައިފި

މީސް މީޑިއާގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލަ މަޖިލީހުން ބަލަން ފަށައިފި

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މީސް މީޑިއާގައި އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފިއެވެ.

ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލަ ބަލަމުން ދަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީންނެވެ.

މި މައްސަލަ ބެލުމަށް ޓަކައި މިއަދު 11:00ގައި ކޮމިޓީއިން ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. ކޮމިޓީން މި މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ބައްދަލުކުރީ ފުލުހުންގެ ޚިދުމަތުގެ ބޭފުޅުންނާ ވެސް އެކުގައެވެ.

Advertisement
Allied — Dhen Online (box)

މީސް މީޑިއާގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައެއްގައި ރ. މީދޫން ވެސް ދާދި ފަހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ފޭސްބުކްގައި "އިސްމާއިލް ޔާސިފް" ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ކޮމެންޓެއްގައި އޭނާ ބުނެފައި ވަނީ ނަޝީދު އަނބުރާ ރާއްޖެ ވަޑައިގެންފިނަމަ، "އަބޫޖަހުލަށް ހަދާލި ގޮތް" ހަދާލާނެ ކަމަށެވެ.

އެމީހާ  ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ. އަދި ހައްޔަރުކުރި މައްސަލައިގައި ވެސް 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް