Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ވެކްސިނުގެ 3ވަނަ ޑޯޒް: އިތުރު ޑޯޒަކަށް ނޫނީ ބޫސްޓަރއަކަށް

ކޮވިޑް ވެކްސިނުގެ 3ވަނަ ޑޯޒް: އިތުރު ޑޯޒަކަށް ނޫނީ ބޫސްޓަރއަކަށް

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނުގެ 3ވަނަ ޑޯޒް އިތުރު ޑޯޒްއަކަށް ނުވަތަ ވެކްސިނުގެ ބޫސްޓާއަކަށް ވެދާނެކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ރައްކާތެރި ވުމަަށްޓަކައި އާއްމުކޮށް ޖަހާ ވެކްސިނުގެ ދެޑޯޒްގެ އިތުރުން ދެން ޖަހާ 3ވަނަ ޑޯޒަކީ ދިފާއީ ނިޒާމް ދަށް މީހުންނަށް ދެ ޑޯޒް ޖެހުމަށް ފަހު ވެސް ވެކްސިނުން ދިފާއު ވެވޭވަރު ދަށް ވީމައި ދެވަނަ ޑޯޒް ޖެހިތާ އެއްމަސް ފަހުން ދޭ ޑޯޒެއް ކަމަށެވެ. އަދި ވެކްސިން ބޫސްޓާއަކީ ދެވަނަ ޑޯޒްއަށް ފަހު ދިފާއު ވެވޭވަރު ރަނގަޅު ވީ ނަމަވެސް އެތައް މަހެއްފަހުން ދިފާއީ ނިޒާމް ދަށްވާން ފެށީމައި ދޭ ޑޯޒެއްކަމަށެވެ.

"ކޮވިޑު ވެކްސިނުގެ3 ވަނަ ޑޯޒް ވެދާނެ އިތުރު ޑޯޒަކަށް ނޫނީ ބޫސްޓަރއަށް. ‏އިތުރު ޑޯޒަކީ ދިފާޢީ ނިޒާމުދަށް މީހުން 2 ޑޯޒް ޖެހުމަށް ފަހު ވެސް ދިފާޢުވެވޭވަރު ދަށްވީމާ 1 މަސްފަހުން ދޭ ޑޯޒެއް. ‏ބޫސްޓަރއަކީ 2 ޑޯޒަށްފަހު ދިފާޢު ވެވޭވަރު ރަނގަޅުވިޔަސް އެތައް މަހެއްފަހުން ދިފާޢީ ނިޒާމް ދަށް ވާންފެށީމާ ދޭ ޑޯޒް" ޑރ. ފައިސަލްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/Faisalnaifaru/status/1430469679802322953

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 300،064އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 376،630އަށް އަރައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް