Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

މަޖިލިސް މެންބަރުންގެ މީސް މީޑިއާ އެކައުންޓުތައް ވެރިފައި ކުރަނީ

މަޖިލިސް މެންބަރުންގެ މީސް މީޑިއާ އެކައުންޓުތައް ވެރިފައި ކުރަނީ

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މީސް މީޑިއާ އެކައުންޓުތައް ވެރިފައި ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

މެންބަރުންގެ މީސް މީޑިއާ އެކައުންޓުތައް ވެރިފައި ކުރަން މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ. މެންބަރު ނަޝީދު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ އިމްތިޔާޒްތަކާއި ސުލޫކު ކޮމިޓީން އިއްޔެ ބަލަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަމުގައި ވަގު އެކައުންޓުތައް ހުޅުވައި އެ މެމްބަރުންނާ ގުޅިގެން ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް ވިދާޅުވުމުންނެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ސުލޫކު ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަމުން މެންބަރު ނަޝީދު ވަނީ މެންބަރުންގެ ނަމުގައި ފޭކް އެކައުންޓްތައް ހަދައި، ނުބައި މައުލޫމާތު ފެތުރުން ކަންބޮޑުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement
Ooredoo — Square (box)

މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ކޮމިޓީއަށް މި މައްސަލަ ހުށައެޅިއެވެ. އެފަހަރު މި މައްސަލަ ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ. ރާއީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން މަޖިލީހުގެ މެމްބަރުންނަކީ މީސް މީޑިއާގައި ހަރަކާތްތެރިވެ އުޅުއްވާ ބޭފުޅުންނަށް ވާތީ އެކައުންޓުތައް ވެރިފައިކުރުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް