Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ޤާސިމަކީ އެއްޖީބަކަށް ހުރިހާ އެއްޗެއް އަޅާ ވާހަކަ ދައްކަން އެންމެ ޢައުލާކަން ބޮޑު ބޭފުޅާ: ވައްޑެ

ޤާސިމަކީ އެއްޖީބަކަށް ހުރިހާ އެއްޗެއް އަޅާ ވާހަކަ ދައްކަން އެންމެ ޢައުލާކަން ބޮޑު ބޭފުޅާ: ވައްޑެ

ބަރުލަމާނީ ނިޒާމަކީ ހުރިހާ އެއްޗެއް އެއްޖީބަކަށް އަޅާ ނިޒާމެއްކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ޓަކައި ރައްޔިތުންގެ ޕެޓިޝަނެއް ހެދުމަށް ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރަމުންދާއިރު، މިޕެޓިޝަންގައި އެއްވެސް ރައްޔިތަކު ސޮއި ނުކުުރުމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ހެޔޮ ނުވާނެ ކަމަށާއި އެ ހާލަތުގައި "ހުރިހާ އެއްޗެއް އަޅާލާނީ އެއް ޖީބަށް" ކަމުގައެވެ.

ޤާސިމްގެ ވާހަތަކަށް ރައްދު ދެއްވަމުން ވައްޑެ މިއަދު ވިދާޅުވީ، ޤާސިމަކީ އެއްޖީބަކަށް ހުރިހާ އެއްޗެއް އަޅާ ވާހަކަ ދައްކަވަަން އެންމެ އައުލާކަން ބޮޑު ބޭފުޅާކަމަށެވެ.

Advertisement
HDC — Sidebar (box)

"އެއް ޖީބު ވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑު ބޭފުޅާގެ އަމިއްލަ ޖީބުގެ ދިފާއުގައި." ވައްޑެ ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖެ ވަނީ ކުރިން ވެސް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެކަމުގެ ތަޖުރިބާ ކޮށްފައިވާ ކަމަށާއި ބަރުލަމާނީ ނިޒާމެއްގައި ރައީސެއްގެ ކޯޅުންގަނޑު ބޮޑުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް