Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ބްރިޖް މަޝްރޫޢަށް ރައީސް ޞާލިޙްގެ ޔަގީންކަމެއް ނެތް: އަދުރޭ

ބްރިޖް މަޝްރޫޢަށް ރައީސް ޞާލިޙްގެ ޔަގީންކަމެއް ނެތް: އަދުރޭ

ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއުގެ ގޮތުގައި ފާހަގަކުރާ މާލެއާއި ވިލިމާލެ އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފައި ނުވާތީ އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފާޑުވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެފްކޮން އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.

މި ރަސްމިއްޔާތާ ގުޅޭ ގޮތުން އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްމިއްޔާތަށް ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިނުގަތުމަކީ އެ ޕްރޮޖެކްޓާ މެދު އެ ބޭފުޅުންނަށް ވެސް ޔަގީންކަން ނެތްކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި ރަސްމިއްޔާތަށް ސަރުކާރުގެ އިސްވެރިން ވަޑައިނުގަތުމުން، އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުން ވެސް ވަނީ ވަރަށް ފާޑު ކިޔައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް