Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް ޔާމީނަށް ކުރި ހުކުމަކީ ބާތިލު ހުކުމެއްކަން ސާބިތުވެއްޖެ: އަދުރޭ

ރައީސް ޔާމީނަށް ކުރި ހުކުމަކީ ބާތިލު ހުކުމެއްކަން ސާބިތުވެއްޖެ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ކޮށްފައިވާ ހުކުމަކީ ބާތިލް ހުކުމެއްކަމަށް އެމަނިކުފާނުގެ އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީއެއް އޯޑިއޯއިން ވެސް ހާމަވެފައިވާ ކަމަށާއި މި މައްސަލަ ބަލަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް އެމައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި ގާޒީއެއް ކަމަށްވާ ހުސެއިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފައެވެ.

މިހާރު ދައުރުވަމުންދާ އޯޑިއޯގައި ދެކެވިފައިވާ ވާހަތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީންއަށް ކުރި ހުކުމަކީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮވެގެން ކުރި ހުކުމެއްކަން އެ އޯޑިއޯއިން ސާފުވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދުރޭ އިތުރަށް ވިދާޅުވީ މި މައްސަލަ ކަމާބެހޭ ހުރިހާ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގައި އޮތް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން މިކަންކަމަށް އިންސާފު ލިބިދާނެކަމަށް ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމްކުރި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ އަލީ ރަޝީދުގެ މައްސަލަ ބަލަން މީގެ ކުރިން ވެސް ހުށަހެޅުމުން އެކަން ބެލިފައި ނުވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް