Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގްރޭޑް 1ގެ ކްރިއޭޓިވް އާޓްސް ފޮތް ދަރިވަރުން އަތުން ނަގަން އަންގައިފި

ގްރޭޑް 1ގެ ކްރިއޭޓިވް އާޓްސް ފޮތް ދަރިވަރުން އަތުން ނަގަން އަންގައިފި

ގްރޭޑް 1ގެ ދަރިވަރުންނަށް މި ދިރާސީ އަހަރު ޗާޕުކޮށްފައިވާ ކްރިއޭޓިވް އާޓްސް ފޮތް ދޫކޮށްފައިވާ ދަރިވަރުން އަތުން ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ސުކޫލުތަކަށް ފޮނުވައިފައިވާ ސާކިއުލާ ނޯޓެއްގައި ބުނެފައި ވަނީ 2022-2021 ވަނަ ދިރާސީ އަހަރު ގުރޭޑް އެކެއްގެ ދަރިވަރުންނަށް ކްރިއޭޓިވް އާޓްސް ކިޔަވައިދިނުމަށް ހާއްސަ ފޮތެއް ކަނޑައެޅިފައި ނުވާ ކަމަށެވެ.

ނަމަވެސް މި މާއްދާ ކިޔަވައިދޭއިރު ކްލާސް ޓީޗަރުން ކިޔަވައިދިނުމުގެ އެހީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އޭ 3 ސައިޒުގެ ފޮތްތައް ހިމަނާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ފޮތްތައް ސުކޫލުތަކަށް ބެހުމަށް ހަމަޖެހިފައި ވަނީ ގުރޭޑް އެކެއްގެ ކޮންމެ ކްލާހެއްގެ ޖުމްލަ ކުދިންގެ އަދަދަށް ބަލާ ކޮންމެ ފަސް ކުއްޖަކަށް ފޮތެއްގެ ނިސްބަތުން ކަމަށާ މި ފޮތްތައް ހުންނަންވާނީ ވެސް ޓީޗަރުންގެ ބެލުމުގެ ދަށުގައި ރައްކާކުރެވިފައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް