Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިތުރު 113 މީހުން ރާއްޖެއިން ކޮވިޑް-19އަށް ފައްސިވެއްޖެ

އިތުރު 113 މީހުން ރާއްޖެއިން ކޮވިޑް-19އަށް ފައްސިވެއްޖެ

ރާއްޖެއިން މިއަދު އިތުރު 113 މީހުން ކޮވިޑް-19އަށް ފައްސިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 42 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 60 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 11 މީހުން ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 80،791 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 78،894 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް