އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅު މެންބަރުން ރައީސް އޮފީހަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވިއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ބައެއް ފަނޑިޔާރުން ރަަހީނުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯގެ މައްސަލައިގައި ޕީޕީއެމް އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ދެންމެ ރައީސް އޮފީހަށް ވަދެއްޖެއެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން 2019ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި އިއްވައިފައިވާ ހުކުމް އިއްވުމުގެ ކުރިން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެ މައްސަލައިގައި ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ޤާޟީއަކާ ބައްދަލުކުރައްވައި އިރުޝާދު ދެއްވިކަމަށް ބުނާ އޯޑިއޯއެއް ލީކުވުމާ ގުޅިގެން މަޖިލިސް ޖަލްސާގެ ތަޅުން ހޫނުވެ އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
އިހުތިޖާޖަށް ފަހު މެމްބަރުން ވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ. އިދިކޮޅުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއާ ބައްދަލު ކުރުމަށް ބޭނުންވާކަމަށް ވިދާޅުވުމުން މަޑުކޮށްލުމަށް އަންގަވައިފައިވާ ކަމަށެވެ. އަދި ރައީސް އާ ބައްދަލުކުރައްވަން ބޭނުން ވަނީ ރައީސް ޞާލިޙް، ޔާމީން ގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާކަން އޯޑިއޯތަކުން އެނގޭތީ ރީތި ގޮތުގައި އެމަނިކުފާނު އިސްތިއުފާ ދެއްވުމަށާއި ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ދެންނެވުމަށް ކަމަށެވެ.
ޜަނގަލު