Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލެއިން ހުޅުމާލޭ ދެވަނަ ފޭހަށް ޕިކަޕު ދަތުރެއް ކޮށްދެނީ 700ރ. އަށް!

މާލެއިން ހުޅުމާލޭ ދެވަނަ ފޭހަށް ޕިކަޕު ދަތުރެއް ކޮށްދެނީ 700ރ. އަށް!

މާލެއިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިއުމަށް ބޮޑެތި ޕިކަޕުތަކުން 700ރ. ނަގަން ފަށައިފިއެވެ.

“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑެތި ޕިކަޕުތަކުން މާލެއިން ހުޅުމާލޭ ދެވަނަ ފޭހަށް 700 ރުފިޔާ ނަގައެވެ. ކުދި ޕިކަޕުތަކުން ނަގަނީ 300 ރުފިޔާއެވެ.

އާންމުކޮށް ކުރާ ދަތުރު ތަކުގައި މާލެއިން ހުޅުމާލެއަށް ބޮޑު ޕިކަޕުތަކުން ނަގަނީ 500 ރުފިޔާއެވެ. ޓެކްސީތަކުން ހުޅުމާލެއަށް 75 ރުފިޔާ ނަގާއިރު ދެވަނަ ފޭހަށް ޓެކްސީތަކުން ނަގަނީ 90 ރުފިޔާއެވެ.

Advertisement
Ooredoo — Truecaller (box)

ހިޔާ ފުލެޓުތަކާ ހަމައަށް ވަދެވޭ ގޮތަށް ހުޅުމާލޭ ފޭސް 2ގެ ބޮޑު ބައެއް ހުޅުވައިލައިފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެޗްޑީސީން ވިދާޅުވީ ފްލެޓުތަކާ ހިސާބަށް އާއްމުންނަށް ވަދެވޭ ގޮތަށް މިހާރު ހުޅުވއިލައިފައިވާއިރު އެ ސަހަރައްދަށް ވަދެވޭ ހިސާބުތައް އެނގޭ މެޕެއް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވައިފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް