Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ދައުރުވަމުން ދަނީ ސައްހަ އޯޑިއޯ ކްލިޕްތަކެއް ނޫން: ފަނޑިޔާރުން

ދައުރުވަމުން ދަނީ ސައްހަ އޯޑިއޯ ކްލިޕްތަކެއް ނޫން: ފަނޑިޔާރުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ކްރިމިނަލް ކޯޓްގެ ތިން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތައްކަމަށް ބުނާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއްކަމަށް އެ ފަނޑިޔާރުން އިންކާރުކޮށްފިއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގތަކެއް ކަމަށް ބުނެ އިއްޔެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށައިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކައިފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޟީންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިންއާއި ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލުއާ ސުވާލުކޮށް މަޢުލޫމާތު ސާފުކުރެވުނު ކަމަށާއި އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް އެ ދެ ފަނޑިޔާރުން ވެސް ދޮގުކޮށްފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ .

މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދިއުމަށް ޓަކައި، މީޑީއާގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުގެ ފަރާތުން އެދިފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް