Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މާލެއިން ފައްސިވީ 49 މީހުންނާއެކު މިއަދު ރާއްޖެއިން ފަައްސިވީ 169 މީހުން

މާލެއިން ފައްސިވީ 49 މީހުންނާއެކު މިއަދު ރާއްޖެއިން ފަައްސިވީ 169 މީހުން
ރާއްޖެއިން މިއަދު އިތުރު 169 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 49 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 119 މީހުން ފައްސިވެފައިވެއެވެ. ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސިވެފައި ވަނީ އެކަކެވެ. މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 80،960 މީހުންނެވެ. ބަލިން ފަސޭހަވެފައި ވަނީ 79،012 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 226 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް