Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ޤާސިމްގެ ސުވާލެއް: ވަކި މީހަކު ވެރިކަން ބޭނުންވެގެން ރާއްޖޭގައި ދީން ބަދަލުކޮށްފި ނަމަވެސް އަތްތިލަ ބަނޑި ޖަހާނަންތަ؟

ޤާސިމްގެ ސުވާލެއް: ވަކި މީހަކު ވެރިކަން ބޭނުންވެގެން ރާއްޖޭގައި ދީން ބަދަލުކޮށްފި ނަމަވެސް އަތްތިލަ ބަނޑި ޖަހާނަންތަ؟

ވަކި މީހަކު ބޭނުންވީމަ ދީން ބަދަލު ކޮށްގެން ވެސް ރާއްޖޭގައި ވެރިކަން ކުރަން އަތްތިލަބަޑި ޖަހާނީ ހޭބުއްދި ސަލާމަތުން ހުރި މީހެއްތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ސުވާލު ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީއާ މެމްބަރުން ގުޅުމަށް ރޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް އިލްތިމާސް ކުރެއްވީ، ރިޔާސީ ނިޒާމް ފިޔަވައި އެހެން އެއްވެސް ނިޒާމަކަށް ދާން އެއްގޮތަކަށް ވެސް ނުވިސްނުމަށެވެ.

"އެއީ ވަރަށް ބޮޑު ހެއްލުމަކާއި ގެއްލުމެއް. އެއީ ހަމަ ޔަގީނުން ވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނޫން. ވަކި މީހަކު ބޭނުންވީމަ އޭނަ ވެރިކަމަށް ގެންނަން ވެގެން ޤާނޫނު އަސާސީ ބަދަލު ކުރަން، ވަކި މީހަކު ބޭނުންވީމަ ދީން ބަދަލު ކޮށްގެން ވެސް މިތަނުގައި ވެރިކަން ކުރަން، އެއަށް އަންބާ ކިޔާފައި އަތްތިލަބަޑި ޖަހާނީ އަޅުގަަނޑުމެންގެ ތެރެއިން ހޭ ބުއްދި ސަލާމަތުން ހުރި މީހަކު ތޯ ނުވަތަ މޮޔައަކުތޯ؟" ޤާސިމް ސުވާލު ކުރެއްވިއެވެ.

Advertisement
Allied — Dhen Online (box)

ޤާސިމް ވަނީ އަވަށްޓެރި ޤައުމުތަކުގައި ވެރިކަމުގެ ނިޒާމު ހިންގާ ގޮތްތަކުން މިސާލު ނަންގަވައި އެ ކަންކަން ހިއްސާ ކުރައްވައިފައެވެ. ޚާއްސަކޮށް އިންޑިއާއާއި، އެ ނޫން ގައުމުތަކުގައި ބަރުލަމާނީ ހިނގާގޮތް ގާސިމް ވަނީ ކިޔައިދީފައެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް