Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އާޒިމްގެ ރާގު ބަދަލުވެއްޖެ، މިހާރު ވިދާޅުވަނީ ހައްލަކީ ބަރުލަމާނީ ނިޒާމުކަމަށް!

އާޒިމްގެ ރާގު ބަދަލުވެއްޖެ، މިހާރު ވިދާޅުވަނީ ހައްލަކީ ބަރުލަމާނީ ނިޒާމުކަމަށް!

ހައްލަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ތާއީދު ކުރައްވަނީ އެ ނިޒާމަށް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ބަރުލަމާނީ ނިޒާމު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ގޮވައިލައި ވެރިކަން ކުރާ އެމްޑީޕީގެތެރޭގައި ރައީސަށް ހުށަހަޅާ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ފަށައިފައިވާ ދަނޑިވަޅެއްގައެވެެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މަނަވަރު ފެތޭއިރު ވެސް ބެރު ޖަހަޖަހާ ތިބި މީހުން ތިބީ ބެރު ޖަހަޖަހާ" ކަމަށެވެ. އަދި އާޒިމް ވަނީ "ކެޕްޓަން ބަހަނާ ނުދައްކާ ހުންނާނީ ބާ" ވިދާޅުވެ ސުވާލު ކުރައްވާފައިވެއެވެ. މީގެ އިތުރުން،! ހައްލަކީ ބަރުލަމާނީކަމަށް ވެސް އާޒިމް ވިދާޅުވެފައިވެއެވެ.

Advertisement
Allied Insurance — Square (box)
https://twitter.com/aliaazim/status/1432402247221080064?s=21

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި ބޮޑުވަޒީރު ކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބޭނުންފުޅުވެވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރައްވާނީ އިދިކޮޅު ޕީޕީއެމްއާ އެކުގައި ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް