Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ގާޒީ ސަލާމުގައި ހުންނެވުމުން އީސަގެ މައްސަލައިގެ އަޑުއެހުން ކެންސަލް

ގާޒީ ސަލާމުގައި ހުންނެވުމުން އީސަގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ތާވަލް ކޮށްފައިވާ އަޑުއެހުން، ކެންސަލްކޮށްފިއެވެ. އީސަ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި މިއަދު ތާވަލުކޮށްފައިވާ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ މި މައްސަލަ ބައްލަވާ ގާޒީ، ހުސެއިން ފާއިޒު ރަޝާދު ސަލާމުގައި ހުންނެވުމުންނެވެ. މެމްބަރު އީސަގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ތުހުމަތުކޮށްފައިވާ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް، އެ މައްސަލަ ކުރިއަށް ނުގެންދަން ވަނީ އެދިފައެވެ.

ފުލުހުން އޭރު ވެސް ވިދާޅުވީ، އަސްރާގެ ފަރާތުން އެހެން އެދިފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބިފައިވާކަމުގެ މައްސަލަ އަސްރާ ހުށަހަޅައި އެ މައްސަލައިގައި އޭނާ ވަނީ ބަޔާން ވެސް ދީފައެވެ. އަނިޔާތަކާ ގުޅިގެން އަސްރާ ވަނީ އައިޖީއެމްއެޗްއިން ފަރުވާ ވެސް ހޯދައިފައި ކަމަށް އޭރު ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާ ކަަމަށް ބުނެ ފުލުހުންގެ އިދާރާއަށް އަސްރާ ވަނީ މީގެ ކުރިން ސިޓީއެއް ފޮނުވައިފައެވެ. އަދި، އެކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފައެވެ. "ދެން"އަށް އެނގިފައިވާ ގޮތުގައި، މައްސަލަ އަނބުރާ ނެގުމަށް އެދި އަސްރާގެ ސިޓީއެއް ފުލުހުންނަށް މިއަދު ވަނީ ލިބިފައެވެ. ނަމަވެސް ފަށައިފައިވާ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން  ނިންމަވައިފައިވާކަން ވެސް އެނގިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް