ލީކުވި އޯޑިއޯގައި ހިމެނޭކަމަށް ބުނާ ފަނޑިޔާރުންގެ އޯޑިއޯ ސުންކު ނަގައިފި

މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގައި ޝާމިލުވާކަމަށް ބުނާ ތިން ފަނޑިޔާރުން އޯޑިއޯ ސުންކު ހެދުމަށް އޯޑިއޯ ރެކޯޑިން ފުލުހުންނަށް ދެއްވައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައި ވަނީ މިމައްސަލަ ތަހުގީގް ކުރުމަށް ފުލުހުންގެ ކިބައިގައި ކޮމިޝަނުން އެދުމުން، މީސް މީޑިއާގައި ދައުރުވާ އޯޑިއޯގައި ހިމެނޭ ތިން ފަނޑިޔާރުންގެ އޯޑިއޯ ފުލުހުންނަށް ދީފައިވާ ކަމަށެވެ.
އޯޑިއޯ އާންމުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ހާއްސަ ތަހުގީގެއް ފަށައިފައެވެ.
ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ އިއްޔެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ހެނދުނު ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމައި، އެ މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށައިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުއާއި އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ އާދަމްއާއި ޑްރަގް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދެވުނެވެ. މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ޞައްޙަ އޯޑިއޯތަކެއް ނޫން ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކައިފައި ނުވާނެކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާކަމަށެވެ.
ޙުކުމަށްވީވަރު ކަންނޭނގޭ ތިޔަށްވެސް ވާނީ