އިންޑިއާގައި އުމުރުން 4 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މީހެއް ގައިގައި ތަޅައިގެންފި

އިންޑިއާގައި އުމުރުން 4 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު އުފުލިފައިވާ މީހެއްގެ ގައިގައި ކުއްޖާގެ އާއިލާގެ މެމްބަރުންތަކެއް ތަޅައިގެންފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މިކަން ހިނގައިފައި ވަނީ މިދިޔަ ހަފްތާގައެވެ. އެމީހާ ކުޑަ ކުއްޖާ ރޭޕް ކުރީ، އެ ކުއްޖާގެ ގެ ކައިރީގައި ކުޅެން ހުއްޓާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައި ވަނީ އުމުރުން 4 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު އުފުލިފައި ވަނީ އުމުރުން 25 އަހަރުގެ ޒުވާނެއްގެ މައްޗަށް ކަމަށެވެ. އަދި އޭނާގެ ގައިގައި އެ ކުއްޖާގެ އާއިލާއިން ތަޅައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، އެމީހާއަކީ ކުޑަ ކުއްޖާ އުޅޭ ގެ ކައިރީގައި ހުންނަ ފެކްޓަރީއެއްގައި ކަމަށެވެ. ކުއްޖާ ރޭޕް ކޮށްފައި ވަނީ ވެސް އެތަނަށް ގެންގޮސްގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިވީ، އުމުރުން 4 އަހަރުގެ އެ ކުއްޖާ ގެއަށް ގޮސް އޭނާގެ މަންމަ ގާތު އަމިއްލައަށް އެ ވާހަކަ ބުނުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.