Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި

އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން މިއަދު އިތުރުކޮށްފިއެވެ.

މި އުސޫލުގެ ދަށުން ޢުމްރާއަށް މީހުން ގެންދިއުމުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ 37 ކުންފުންޏަކަށެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުޞޫލުގެ ދަށުން 2 އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ކަމަށެވެ.

ނަމަވެސް ކޯވިޑްގެ ސަބަބުން 2020 ވަނަ އަހަރާއި، 2021 ވަނަ އަހަރުގެ މިހާ ހިސާބަށް، އެ ކުންފުނިތަކަށް ޢުމްރާ ދަތުރުތައް ރާވައި ހިންގުމަށް އެކަށީގެންވާ ފުރުޞަތެއް ލިބިފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އެހެންކަމުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުޞޫލުގެ ދަށުން އެ މިނިސްޓްރީއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، ޢުމްރާއަށް މީހުން ގެންދިއުމަށް މިހާރު ހުއްދަ ދީފައިވާ ހުރިހާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް