Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ދެން ވިއްކައިލާން އޮތީ ދިވެހިންގެ ދައުލަތް އެކަނި: މުސްތަފާ

ދެން ވިއްކައިލާން އޮތީ ދިވެހިންގެ ދައުލަތް އެކަނި: މުސްތަފާ

ހެލްތު މިނިސްޓްރީއަށް އޮޅިގެން 17 މުވައްޒަފުންނަށް ކޮންމެ މީހަކަށް މުސާރައިގެ ގޮތުގައި 95،000 ރުފިޔާ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށާއި ދައްޕަރު ވެސް، އިންޑިއާ ރައްޔިތުންނަށް ސެކަންޑް ހޯމް އެޅުމަށް ޓަކައި ވިއްކައިލެވިއްޖެ ކަމަށާއި، ދެން ވިއްކައިލާން އޮތީ ދައުލަތް އެކަނި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިފަދައިން ވިދާޅުވެފައި ވަނީ އަތޮޅު ތެރޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރީންގެ ތެރެއިން ބައެއް ފަރާތްތަކުގެ މުސާރައިގެ ގޮތުގައި އޮޅިގެން ބޮޑެތި އަދަދުތައް ޖަމާ ކުރެވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްއާނިސްތާނުގައި ވެސް ސަރުކާރެއް ނެތް ކަމަށާއި، އެ ގައުމުގައި މިހާރު އޮތީ އެމީހަކާ އެމީހެއް ކަމަށެވެ. އެހެން ނަމަވެސް އެ ގައުމުގެ ބިމު އަޑީގައި ވަރަށް ގިނަ މައުދަނާއި މިނެރަލްސް އެބަހުރި ކަމަށާއި، ހަމަ އެގޮތަށް ރާއްޖޭގެ ކަނޑުއަޑީގައި ވެސް، ޖަވާހިރާއި ވަރަށް ގިނަ މައުދަންތައް އެބަހުރި ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން މުސްތަފާ ވިދާޅުވީ ސަރުކާރުން އެމީހަކަށް ލިބެންވާ އެމީހެއްގެ ހިއްސާ ނެގުން އަވަސްކުރަން ފެންނަ ކަމަށާއި، ދައުލަތް ވިއްކައިލައިފި ނަމަ، ބަހައިލައިގެން ވެސް ލިބޭނެ އެއްޗެއް ނޯންނާނެ ކަމަށެވެ.

https://twitter.com/thimarafushi/status/1433010078290886656?s=21

މުސާރައިގެ ގޮތުގައި އޮޅިގެން ބޮޑެތި އަދަދުތައް ޖަމާ ކުރެވުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 1796 މުވައްޒަފުންނަށް މުސާރައިގެ އުނި އިތުރު އައިސްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށެވެ. މިގޮތުން ބައެއް މުވައްޒަފުންނަށް ބޮޑެތި އަދަދުތަކުން މުސާރަ ޖަމާކުރެވިފައިވާއިރު އަނެއްބައި މުވައްޒަފުންނަށް މުސާރަ ޖަމާކުރެވިފައި ވަނީ މަދުން ކަމަށެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި މުސާރައިގެ މައްސަލަތައް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވަނީ ރޭ 7:45ގައެވެ. އަދި މިކަންް ފާހަގަ ވުމާއެކު އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް