ބޮލީވުޑް

ކޮވިޑްގެ ދުވަސްވަރު މަސައްކަތު ނިކުންނަން ޖެހުމުން ބިރުން ގޮސް ވަރަށް ރޮވުނު: ޕްރިޔާންކާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލްމީ ތަރިންނަށް ބަލާއިރު، މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ ޖޯނަސްއަކީ މިހާރު މުޅި އިންޑަސްޓްރީގައި ވެސް ހުރި އެންމެ ފުންނާބު އުސް އެއް ތަރި ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާނެއެވެ. ބޮލީވުޑާއި ހޮލީވުޑްގައި ވެސް މިހާރު ފައިތިލަ ސާބިތު ކޮށްފައިވާ ޕްރިޔާންކާ އަބަދުވެސް ފެންނަނީ މަސައްކަތުގައި ވަރަށް ހީވާގި، އަދި އެކަމާ ވަރަށް ވެގެން މަސައްކަތް ކުރާ ފަންނާނެއްގެ ގޮތުގައެވެ.

Ads by STELCO

ނަމަވެސް ދާދި ފަހުން ޕްރިޔާންކާ ވަނީ އޭނާގެ މަސައްކަތާ ގުޅިގެން ތަފާތު ވާހަކައެއް ހިއްސާ ކޮށްފައެވެ.

މީޑިއާއަކަށް ދާދި ފަހުން ދިން އިންޓަވިއު އެއްގައި ޕްރިޔާންކާ ބުނީ، ކޮވިޑާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރުމަށް ފަހު މިދިޔަ އަހަރު ފަހުކޮޅު ޖަރުމަނަށް ދަތުރު ކުރަން ޖެހުމުން އޭނާ ވަރަށް ބިރު ގަތް ކަމަށެވެ.

" ހަ މަސް ދުވަސް ވަންދެން އަހަރެން ހުރީ ފިރިމީހާއާ އެކީ، ކޮވިޑުން ރައްކާތެރިވެގެން ގޭގައި. އެކަމަކު ޑިސެމްބަރު މަހު ފަހު ކޮޅު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަން ޖަރުމަނަށް ދާން ޖެހުނީ. އަހަރެން ވަރަށް ބިރުގަތް. ބިރުން ގޮސް ރޮވެން ވެސް ރޮވުނު." އޭނާއަަށް ކުރެވުނު ތަޖުރިބާ ހިއްސާ ކުރަމުން ޕްރިޔާންކާ ބުންޏެވެ.

ޕްރިޔާންކާ އިތުރަށް ބުނީ، އެއިރު އޭނާއަށް އެންމެ ބޮޑަށް ވިސްނައިދީ، އޭނަ މަސަލަސް ކުރީ އޭނަގެ ފިރިމީހާ ނިކް ޖޯނަސްއާއި އާއިލާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!