Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޓޯޔާޑުން ފުލުހުން ވައްކަން ކުރާ ކަމަށް ބުނާ ވީޑިއޯގެ ޙަޤީޤަތް ހާމަކޮށްފި

ޓޯޔާޑުން ފުލުހުން ވައްކަން ކުރާ ކަމަށް ބުނާ ވީޑިއޯގެ ޙަޤީޤަތް ހާމަކޮށްފި

ޓޯޔާޑްގައި ހުރި ވެހިކަލްތަކެއްގެ ޑިކީ ހުޅުވައިގެން ފުލުުހުން ވައްކަން ކުރާ މަންޒަރުތަކެއް ކަމެއް ބުނެ މީސްމީޑިއާގައި ދައުރު ކުރަމުންދާ ވީޑިއޯތަކުގެ ޙަޤީޤަތް ފުލުހުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޓޯކުރުމަށް ފަހު އުޅަނދާ ހަވާލު ނުވުމުން، އުޅަނދު ނައްތާލުމުގެ ކުރިން ޗެކް ކުރުމުގެ މަސައްކަތް ކަމަށެވެ.

"ޤަވާއިދާ ޚިލާފަށް ޕާކްކޮށްގެން ފުލުުން ޓޯކުރާ އުޅަނދާ ހަވާލުވުމަށް 60 ދުވަހުގެ މުއްދަތުގައި އުޅަނދުގެ ވެރިފަރާތުން ހަވާލު ނުވާ މުއްދަތުގައި އުޅަނދު ނައްތާލުމުގެ ބާރު ފުލުހުންނަށް އެއްގަމު އުޅަނދުފަތުރު ކުރުމުގެ ޤާނޫނުން ފުލުހުންނަށް ލިބިދީފައިވޭ. އުޅަނދު ނައްތާލުމުގެ ކުރިން، އުޅަނދުގައި ހުރީ ކޯއްޗެއްތޯ ފުލުހުން ޗެކް ކުރޭ. އަދި މިގޮތަށް ނައްތާލާ ވެހިކަލްތައް ނައްތާލަނީ އެކަމަށް ހެދިފައިވާ އުސޫލާ އެއްގޮތަށް." ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އުޅަނދު ޓޯ ކުރުމަށް ފަހު، ޓޯ ކުރި އުޅަނދުތަކާ ގުޅޭ މައުލޫމާތު ފުލުހުން ގެޒެޓްގައި ޝާއިރު ކުރެއެވެ. އަދި ޤާނޫނު ނަންބަރު 22/2015 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) 2ވަނަ އިޞްލާޙްގެ 8 ވަނަ މާއްދާގެ (ނ)ގެ ދަށުން ޓޯކުރ އުޅަނދުތައް 60 ދުވަހުގެތެރޭގައި ވެރިފަރާތްތަކުން އުޅަނދުތަކާއި ހަވާލުނުވެއްޖެ ނަމަ ފުލުހުން އެ ވެހިކަލެއް ނައްތައިލައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް