Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޚަބަރު ހުސްވެގެން ރޭ ހޮސްޕިޓަލަށް ގެންދިޔައީ މަސްތުގެ ހާލުގައި ހުރި މީހެއް: ފުލުހުން

ޚަބަރު ހުސްވެގެން ރޭ ހޮސްޕިޓަލަށް ގެންދިޔައީ މަސްތުގެ ހާލުގައި ހުރި މީހެއް: ފުލުހުން

ރޭ ރާޅުގަނޑު ސަރަހައްދުގައި ޚަބަރު ހުސްވެފައި އޮތް މީހަކީ، މަސްތުގެ ހާލުގައި އޮތް މީހެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ 12:13 ކަންހާއިރު، ރާޅުގަނޑު ސަރަހައްދުގައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމީހާ އޮތީ މަސްތުގެ ހާލުގައި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބޭ ކަމަށް ވެސް އެ ފަރާތުން ހާމަކުރެއެވެ.

ރޭގެ ވަގުތެއްގައި އެމީހާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް