Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފްލައިޓް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފި

ފްލައިޓް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފި

މިހަފްތާގެ ހޯމަ ދުވަހުގެ ފުވައްމުލަކުން މާލެ ދަތުުރު ކުރުމަށް އޮތް ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމީހާ ދޫކޮށްލައިފައި ވަނީ ޝަރުތުތަކަކާ އެކުގައި ކަމަށާއި ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަޙްގީޤް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކަމަށެވެ.

ފްލައިޓް ހައިޖެކް ކުރާނެ ކަމުގެ އިންޒާރުދީފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހުއެވެ. ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމުން ފްލައިޓް ވަނީ ޑިލޭކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް