Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

މަޙްލޫފަށް ކުރިމަތި ނުލެވޭނެ ކަމަށް ނިންމީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް: އީސީ

މަޙްލޫފަށް ކުރިމަތި ނުލެވޭނެ ކަމަށް ނިންމީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް: އީސީ

ޔޫތު މިނިސްޓަރު އަހުމަދު މަޙްލޫފަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމައިފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފައިވާ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ޤައުމީ އިންތިހާބުގައި މަޙްލޫފަށް ވާދަަ ނުކުރެވޭނެ ކަމަށް ނިންމުމާ ގުޅިގެން، މަޙްލޫފް ވަނީ އެ މައްސަލަ އީސީއަށް ހުށަހަޅައިފައެވެ.

މަޙްލޫފް ހުށަހެޅި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިއަދު ގޮތެއް ނިންމާފައިވާއިރު، އީސީން ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މަގާމެއް ނުވަތަ މަގާމުތަކުގެ އިންތިޚާބަކަށް ކުރިމަތިވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ގާނޫނު އަސާސީއާއި ގާނޫނާއި ގަވާއިދާއި ރާއްޖޭއިން ޢަމަލުކުރުމަށް ސޮއިކޮށްފައިވާ މުއާހަދާތަކާ ޚިލާފު ނުވާ ގޮތުގެމަތިން، ޕާޓީގެ މަގާމުތަކަށް ކުރިމަތިލާ މެންބަރުންގެ ނަޒާހަތްތެރިކަމާއި ޕާޓީގެ އާންމު މަސްލަހަތު ރައްކާތެރިކޮށްދިނުމަށް މަގު ފަހިކޮށްދޭ ޝަރުތެއް ނުވަތަ ޝަރުތުތަކެއް ކަނޑައެޅުމުގެ ހައްގު ސިޔާސީ ޕާޓީތަކަށް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އީސީން ބުނެފައި ވަނީ، ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތް ނަމަވެސް އެފަދަ ޝަރުތެއް ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ބައިވެރިވާ މެންބަރަކަށް ކުރިމަތިކުރެވޭނީ ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތަށް، އަސާސީ ގަވައިދުގައި އެ އުސޫލުތައް ބަޔާންކޮށްގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް