ސިޔާސީ

ޖަޒީލަކީ ގޯސް ކުއްޖެއް ނޫން،އެއީ ފަރުވާ ބޭނުންވާ ކުއްޖެއް: މަންދީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މަންދީއަށް ހަމަލާދީފައިވަނީ އިއްޔެގެ ވަގުތެއްގައި

އެމްޑީޕީ އޮފީސް ތެރޭގައި މިއަދު މެންދުރު ހިނގި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކޮށްފައިވާ އަހުމަދު ޖަޒީލަކީ "ގޯސް ކުއްޖެއް" ނޫން ކަމަށާއި އޭނާއަކީ "ފަރުވާ ބޭނުންވާ ކުއްޖެއް" ކަމަށް، މި މާރާމާރީގައި އަނިޔާ ލިބުނު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ބުނެފިއެވެ.

Ads by MWSC

މަންދީއަށް ހަމަލާ ދިނުމާ ގުޅިގެން އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީން އެކަން "ޓޮލަރޭޓް" ނުކުރާނެ ކަމަށާއި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވަނީ ހަމަލާ ދިން މީހުން ހައްޔަރު ކުރުމަށެވެ.

މިއަދު މެންދުރު ހިނގި މިހާދިސާއާ ގުޅިގެން މީކާއިލް ވިދާޅުވެފައި ވަނީ، އޭނާގެ މަންމައަށް ހަމަލާ ދީފައި ވަނީ މަސްތުގެ ހާލަތުގައި ހުރި މީހެއް ކަމަށެވެ.

މިކަމާ ގުޅިގެން "ދެން" އަށް މައުލޫމާތު ދެމުން މަންދީ ބުނީ ހަމަލާ ދިން ޖަޒީލަކީ "ގޯސް ކުއްޖެއް" ނޫން ކަމަށާއި އެއީ "ފަރުވާ ބޭނުންވާ ކުއްޖެއް" ކަމަށެވެ. އަދި ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައް ދުވަހެއް ވަންދެން ބޭއްވުމަށް ފަހު ޖަލު ގޮަޅިއަކަށް ހުކުމް ކުރާކަށް އޭނާ ނޭދޭ ކަމަށް ވެސް ބުންޏެވެ.

"އޭނައަށް ފަރުވާ ބޭނުންވޭ. މިކަހަލަ ކުއްޖެއް ނެތް އާއިލާއެއް މަދުވާނެ. މިކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފަ ކުރާވަރު އަޅުގަނޑަށް ފެނޭ. މިއަދު އަޅުގަނޑަށް އަނިޔާގެ ސަބަބުން މިއަޅާ ވޭނަށް ވުރެ ޖަޒީލް ގައިގަ މިރޭ އަޅާނެ ވޭން ބޮޑުވާނެކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު ވަރަށް އެދެން ފުލުހުންނަށް މިޜޭ އޭނަ އެކަނި ގޮޅިއަކަށްލާ ދޫކޮށްނުލުން. އޭނައަކީ ގޯސްކުއްޖެއް ނޫން (އެއީ) ފަރުވާ ބޭނުންވާ ކުއްޖެއް" މަންދީ ބުނެފައިވެއެވެ.

މިހަމަލާއާ ގުޅިގެން ޖަޒީލް "ދެން" އަށް މައުލޫމާތު ދެމުން ބުނީ މާރާމާރީ ހިންގުނީ އޭނާއަަށް އެމްޑީޕީ އޮފީސް ތެރޭގައި ކުރަމުން އަންނަ ފުރައްސާރައިގެ ސަބަބުންނާއި އެންމެ ފަހުން އޭނާގެ ދަރިންނަކީ ވެސް އެހެން މީހެއްގެ ދަރިން ކަމަަށް "ޒާތީ ވުމުން" އިތުރަށް ކެތް ނުކުރެވިގެން ކަމަށެވެ.

Ads by HDC
  1. ކިލެގެފާނު

    ކަލޭތީފަރުވާދޭމީހެއްނޫން މިފަރުފަރުވާމާނުކިއްސަރުގޮތަކަތިލިބުނީ ތިހެންވެސްބައެއްފަހަރުވާނެ ފަރުވާދޭމީހުންނަށް

  2. މައިމޫން

    މަންދި އެފަދަ ކުދިންނަށް ބުލީކުރިކަމަށް ބުނަނީ ހަމަލާ ދިން ތިޔަ ބުނާ ކުއްޖާ. މަންދި އެކުއްޖާ ގޮޅިއަށްލާން ބޭނުން ނުވާނަމަ ރުޅިއަރުވާ ބުލީކުރުމުން އެކުއްޖާގެ ރުޅި ކޮންޓްރޯލް ނުުވީ ކަމަށް ބުނާ ހިސާބަށް މަންދީގެ އަމަލުތައް ބެހެށްޓީ މާ ވީގޮތެއް ދެއްތޮ. މަންދީ ވެސް ބުލީކުރުން ފަދަ ކަންކަން ނުކޮށް ހެޔޮވިސްނޭ މީހެއް ކަމަށް އުއްމީދުކުރިން.