ސްޕޮއިލަރ އެލާޓް: ޓޯކިއޯ މަރުވެއްޖެ، ހުރިހާ އިންތިޒާރެއް ޑިސެންބަރ 3އަށް!

މަނީ ހައިސްޓް ސީޒަން 5އަށް މިއަދުގެ ތާވަލް ހުސްކޮށްލި ދިވެހިން މަދެއް ނޫނެވެ. އޭގެ ތެރެއިން އެކަކީ އަހަރެންނެވެ.
މިއަދު ނެޓްފްލިކްގައި ސްޓްރީމް ކުރަން ފެށި މަނީ ހައިސްޓް ސީޒަން 5 ގެ ޕާޓް އެކެއްގައި މިއަދު ވަނީ ފަސް އެޕިސޯޑެއް ގެނެސްދީފައެވެ. ސީޒަން 5ގެ ޕާޓް ދޭއް ގެނެސްދިނުމަށް ނިންމައިފައި ވަނީ މި އަހަރު ޑިސެންބަރު މަހު 3 ވަނަ ދުވަހުއެވެ.
މަނީ ހައިސްޓްގެ މިފަހަރުގެ ސީޒަން ފެށުނީ އިންސްޕެކްޓަރ އެލިސާ، ޕްރޮފެސަރގެ ލޮކޭޝަން ހޯދާ، ޕްރޮފެސަރ އޭނާގެ ބާރުގެ ދަށަށް ގެންނަ ހިސާބުންނެވެ. އޭގެ ފަހުން މި ސީޒަންގައި ކުރީ ސްޕެއިންގެ ފުލުހުންނާ އެކީ ހަނގުރާމައެވެ. އެންމެ ފަހުން ފުލުހުންނަށް މަތަވާވަރު ނުވެގެން މި ސީޒަންގައި ސިފައިން ވެސް އާދެއެވެ. ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކެރެކްޓަރ ޓޯކިއޯ މަރުވެފައި ވަނީ ސިފައިން ދިން ހަމަލާތަކުގެ ސަބަބުންނެވެ.
ވާވަރަށް ސްޕޮއިލް ކުރެވިއްޖެތާއެވެ. އިތުރަށް ކިޔާދޭކަށް ނެތީމެވެ.