Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޑރ. އިޔާޒްގެ ޚިޔާލެއް ދައުލަތަށް: އަލީ ވަހީދުގެ ޝަރީޢަތް ހިންގަން ފަނޑިޔާރުން ވެސް ގެންދަންވީ ނޫންތޯ؟

ޑރ. އިޔާޒްގެ ޚިޔާލެއް ދައުލަތަށް: އަލީ ވަހީދުގެ ޝަރީޢަތް ހިންގަން ފަނޑިޔާރުން ވެސް ގެންދަންވީ ނޫންތޯ؟

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީޢަތް ހިންގުމަށް، އިނގިރޭސިވިލާތަށް ފަނޑިޔާރުން ގެންދަންވީ ނޫންތޯ ވިދާޅުވެ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފު ދައުލަތަށް ޚިޔާލެއް ދެއްވައިފިއެވެ.

ޑރ. ޢިޔާޒް މިހެން ވިދާޅުވެފައި މިވަނީ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ބަޔާން ނެގުމަށް، އެމަނިކުފާނު މިވަގުތު ހުންނެވި އިނގިރޭސިވިލާތަށް ފުލުހުންނާއި ޕީޖީގެ ޓީމެއް ދިޔުމަށް ނިންމައިފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަަކަތަކާ ގުޅިގެން ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް، މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން، ދާދި ފަހުން އެމަނިކުފާނު ވަނީ ކަމާ ބެހޭ ފަރާތްތަކަށް ބަޔާން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

Advertisement
Allied — Dhen Online (box)

ބަޔާން ދެއްވަން ރައީސް ނަޝީދު ތައްޔާރަށް ހުންނެވުމުން އެ މަނިކުފާނުގެ ބަޔާން ނަގަން ފުލުހުންނާއި ޕީޖީގެ ޓީމެއް އިނގިރޭސިވިލާތަށް ދިއުމަށް ޓަކައި ކުރަންޖެހޭ މަޝްވަރާތައް ދަނީ ކުރައްވަމުންނެވެ.

މިކަމާ ގުޅިގެން ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ ފަރުދެއްގެ ބަޔާން ނެގުމަށް އެ ބޮޑު ޚަރަދެއް ކުރުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ. އަދި މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވުމުގެ ސަބަބުން ޝަރީޢަތް ނުހިންގިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީވަހީދުގެ ޝަރީޢަތް ހިންގަވަން ވެސް ފަނޑިޔާރުންގެ ވަފްދެއް އެޤައުމަށް ވަޑައިގަންނަވަންވީނޫންތޯ ވެސް ވިދާލުވެ ޑރ.އިޔާޒް ވަނީ ސުވާލު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް