Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނުބައިކޮށް އޮތް ސޫރަތް އޮތް ސަފުހާ ބަދަލު ކުރަން ސްކޫލުތަކަށް އަންގައިފި

ނުބައިކޮށް އޮތް ސޫރަތް އޮތް ސަފުހާ ބަދަލު ކުރަން ސްކޫލުތަކަށް އަންގައިފި

ގްރޭޑް 1ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްރިންޓް ކުރިއިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާކަން އެޑިއުކޭޝަން މިނިސްޓްރީއަށް ފާހަގަވެފައިވާ ކަމަށާއި އެކަން ހައްލު ކުރަން މިހާރު ސްކޫލުތަކާ ވާހަކަ ދައްކާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުލް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އަދި އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދެ ސޫރަތެއްގެ އާޔަތްތައް އެކުވެފައިވާ މި މިނިސްޓްރީއަށް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެން.އައި.އީ)ވަނީ މަސައްކަތް ފަށައިފައި ކަމަށެވެ.

Advertisement
HDC — Sidebar (box)

https://dhen.mv/112405

އަދި އެ މައްސަލަ ޖެހިފައިވާ ޞަފްޙާ ބަދަލުކުރުމަށް ޢަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރީންނަށް އަންގަވަމުން ގެންދަވާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، މި ފޮތްތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކްކުރެވިފައިވާ ފޮތްތަކެއް ކަމަށެވެ. އަދި މި ފޮތުގައި މައްސަލަ ދިމާވި ދެނެގަތުމަށް ވެސް މިހާރު މަސައްކަތް ފައްޓައިފައިވާ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް