Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ސަރުކާރުގެ ބޮޑުބައެއް "ކާލެވޭ" ޕާޓީތަކުން ބަރުލަމާނީއަށް ބިރުގަންނާނެ: އިންތި

ސަރުކާރުގެ ބޮޑުބައެއް "ކާލެވޭ" ޕާޓީތަކުން ބަރުލަމާނީއަށް ބިރުގަންނާނެ: އިންތި

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮނޑިއެއް ނެތް ނަމަވެސް، ސަރުކާރުގެ ބޮޑު ބައެއް ހޯދޭތީ އެ ޕާޓީތަކުން ބަރުލަމާނީ ނިޒާމް ދެކެ ބިރުގަންނާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ނުސީދާކޮށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ފާޑު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީއަކީ ބާރުގަދަ އަދި ބަސް ބުނާ ޕާޓީއެއްކަމަށް ބުނެ އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން އެ ޕާޓީއަށް އަމާޒުވެފައިވެއެވެ. އެގޮތުން ފާޑުވިދާޅުވަމުން، މެންބަރު އިންތި މިއަދު ވިދާޅުވީ މަޖިލީހުގެ އެންމެ ގޮނޑިއެއް ނެތަސް ސަރުކާރުގެ ބޮޑު ބައެއް "ކައިލެވޭތީ" އެކަހަލަ ޕާރޓީތަކުން ބަރުލަމާނީ ދެކެ ބިރުގަންނާނެ ކަމަށެވެ. އަދި މި ސަރުކާރު ގެނައުމަށް އެމްޑީޕީން ބޮޑު ޤުރުބާނީއެއްވެ ސަރުކާރުގެ އެންމެ %40 އެޕާޓީއަށް ލިބޭ ނިޒާމާ މެދު ވިސްނަން ޖެހޭކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރައްވާކަން ވެސް އިންތި ހާމަކުރައްވައިފައިވެއެވެ.

"އިންތިޚާބުގައި ބޮޑު ގުރުބާނީވި، އަދި ރިޔާސީ ކެނޑިޑޭޓް ހިމެނޭ އެންމެ ބޮޑު ޕާޓީއަށް ސަރުކާރުގެ އެންމެ %40 ލިބޭ ނިޒާމާ މެދު އެމްޑީޕީ ވިސްނަން ޖެހޭ." އިންތި ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގޮވައިލާ، ވެރިކަން ކުރާ އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހެޅުމަށް ސޮއި ހޯދަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް