ފޮތްތަކުގައި ފެންނަ ގޯސްތަކަކީ ގަސްތުގައި ރާވައިގެން ކުރާ ކަމެއް: އިދިކޮޅު
ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ފޮތްތަކުން ފެންނަ ގޯސްތަކަކީ ގަސްތުގައި ރާވައިގެން ކުރާ ކަމެއްކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ.
ގިނަ ގްރޭޑްތަކެއްގެ ދަރިވަރުންނަށް ކިޔަވައިދޭ އިސްލާމް އަދި ޤުރްއާން ފޮތުގައި ކީރިތި ޤުރްއާންގެ އާޔަތްތަކެއް ނުބައިކޮށް ޗާޕުކޮށްފައި ހުރުމާ ގުޅިގެން އިދިކޮޅުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ފޮތްތަކުން ގިނަ އަދަދެއްގެ ކުށް ފާހަގަވެގެން ދިޔުމަކީ މިއަދު ތައުލީމީ ނިޒާމު ފެއިލްވެފައިވާކަމުގެ ބޮޑު ހެއްކެއް ކަމަށެވެ.
"ސަރުކާރުން އެބަ ޖެހޭ މިއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫންކަން ޔަގީންކޮށްދޭން. އެކަމަކު އަަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތި މިއީ ހިއުމަން އެރޯއެއް ކަމަށް. އެންމެ ކުށެއް ނޫން މިހުރީ. އެއަށް ވުރެ ބައިވަރު ކުށް އެބަހުރި،" މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ތައުލީމީ މަންހަޖު މުރާޖައާ ކުރީ 10 އަހަރަށް ވުރެ ގިނަ ދުވަހަށް ކޮށްފައި ހުރި ދިރާސާތަކާ އެކު ކަމަށެވެ.
"މިއަދު ތައުލީމީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ދަރިވަރުންގެ މެދުގައި ގައުމިއްޔަތުގެ ރޫހު އާލާކުރުމަށް ކުރެވޭ މަސައްކަތަށް ވެސް ދަނީ ހުރަސް އެޅެމުން. މިކަމުގައި ސަރުކާރުގެ ނިޔަތެއް އަޅުގަނޑުމެންނަށް ނޭނގޭ މިއީ ފަހަރެއްގައި ރައްޔިތުން ޓެސްޓުކޮށްލަނީ ކަމަށްވުން ވެސް އެއީ އެކަށީގެންވާ ކަމެއް. މިބާވަތުގެ ކަންކަން ފެނުނީމާ ރައްޔިތުންގެ ރިއެކްޝަން ނުވަތަ ރައްޔިތުން ކަންކުރަނީ ކިހިނެއްކަން ބެލުން އެއީ ވެދާނެ ކަމެއް،" މެންބަރު އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، މިއަދު ތައުލީމީ ނިޒާމް ވެސް މިވަނީ ފެއިލް ވެފައި ކަމަށެވެ.
ކޮއިފުޅާ ތިޔަބުނާ ފޮތްތަކުގެ ތެރެއިން ގްރޭޑް 1 ގެ ފޮތް ފިޔަވާ ދެންހުރި ފޮތްތައް އެހުރީ އާދަނު އެޑިއުކޭޝަންގައި ހުރިއިރު އާދަނުގެ ބެލުމުގެ ދަށުން ތައްޔާރުކުރި ގޮތަށް.