Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ލިބުނު ޒަޚަމްތަކަށް ދިޔަ ނަގަން ބޭނުން: ރައީސް ނަޝީދު

ލިބުނު ޒަޚަމްތަކަށް ދިޔަ ނަގަން ބޭނުން: ރައީސް ނަޝީދު

މޭ މަހުގެ 6 ވަނަ ދުވަހުގައި އެ މަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމުތަކަށް ދިޔަ ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަބާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން “ދިޔަ” ނަގަން ބޭނުންވާ ކަމަށާއި އެމަނިކުފާނުގެ ވަކީލަށް އެކަމާ ގުޅޭ އިތުރު މަޢުލޫމާތު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ދިޔަ ނަގަން ބޭނުން، އަޅުގަނޑުގެ ވަކީލަށް ތިޔަ ކަންތަކާ ގުޅޭ ގޮތުން ބޮޑަށް ސާފުވެވަޑައިގަންނަވާނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ނަޝީދު ވިދާޅުވީ ދިޔަ ނަގަން ބޭނުންވާތީ އެ ހަމަލާއާ ގުޅޭ ލިޔެކިޔުންތައް ހޯދަން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދިފައިވާކަމަށެވެ. އަދި އެ ލިޔުންތައް ޕީޖީ އޮފީހުންނާ ފުލުހުން ވެސް ދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މަނިކުފާނުގެ ހާލުކޮޅު މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި ނަމަވެސް ކަނާތްްޕުޅުގެ ތިން އިނގިލި އައްސިވެފައި އޮންނާތީ އެ ތިން އިނގިލި އަދިވެސް ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެ ހަމަލާގެ ކަންކަން އިންސާފުވެރިކަމާ އެކު ބެއްލެވުމަށް ރައީސް ޞާލިހާއި ސަރުކާރުގެ މުއައްސަސާތަކުން ވަރަށް ފާރަވެރިކަމާ އެކު މަސައްކަތް ކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް