Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރަށް މޮނިޓަރިންނަށް ލުމުގެ ވިސްނުމެއް ނެތް: ތިނަދޫ ކައުންސިލް

ރަށް މޮނިޓަރިންނަށް ލުމުގެ ވިސްނުމެއް ނެތް: ތިނަދޫ ކައުންސިލް

ގދ.ތިނަދޫން ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ފްލޫ ކުލިނިކަށް ދެއްކި ހަތަރު މީހަކާއި ކުރީގެ ވޭދަނަތަކާ ގުޅިގެން ހޯދި އެއްތާވި މީހުންގެ ތެރެއިން ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި ތިން މީހެވެ.

ރަށުން ކޮވިޑް-19 ވޭދަނަތަކެއް ފެނުމުން ރަށް މޮނިޓަރިންނަށް ލާނެތޯ "ދެން"އިން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއާ ސުވާލު ކުރުމުން ވިދާޅުވީ، ރަށް މޮނިޓަރިންނަށް ލުމަކީ އެެއްވެސް އިރެއްގައި ކައުންސިލުން އެދޭ ކަމެއް ނޫން ކަމަށާއި އެންމެ ފަހުން ވެސް ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަ ނީ ކައުންސިލުން އެދިގެން ނޫން ކަމަށެވެ.

Advertisement
Allied — Dhen Online (box)

"ރަތް މޮނިޓަރިންނަށް ލުމުގެ ވިސްނުމެއް ނެތް. ކުރީ ފަހަރުގައި ވެސް ކައުންސިލުން އެދިގެނެއް ނޫން މޮނިޓަރިންނަށް ލީ" ސައުދު ވިދާޅުވިއެވެ.

ކޮވިޑް-19 ރަށު ތެރެއިން ފެނިއްޖެ ނަމަ ރަށް އާއްމުކޮށް މޮނިޓަރިންގެ ހާލަތަށް ގެނެއެވެ. އެކަން ކުރަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީންނެވެ.

މީގެ ކުރިން ތިނަދޫ ތިން ފަހަރެއްގެ މަތިން މޮނިޓަރިންނަށް ލައިފައިވެއެވެ. އެންމެ ފަހުން އެ ރަށް މޮނިޓަރިންއިން ނެގީ މީގެ ހަފްތާއެއް ކުރިންނެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން އެ ރަށުން ޖުމްލަ 982 މީހަކު ބައްޔަށް ފައްސިވެފައިވެއެވެ. އޭގެ ތެރެއިން  ތިން މީހަކު ބަލީގައި ނިޔާވެފައިވާއިރު، މިހާރު އެ ރަށުގައި 25 މީހަކު ބަލިޖެހިފައި އެބަތިއްބެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް