Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފައިރޫޝްއަކީ ބަޣާވާތުގެ މޭސްތިރިއެއް، ޝަރަފްވެރިކަމާ އެކު ރިޓަޔަރއެއް ނުކުރެވޭނެ: ހަސަން

ފައިރޫޝްއަކީ ބަޣާވާތުގެ މޭސްތިރިއެއް، ޝަރަފްވެރިކަމާ އެކު ރިޓަޔަރއެއް ނުކުރެވޭނެ: ހަސަން

ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔަރ ނުކުރެއްވޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިފަދައިން ވިދާޅުވެފައި ވަނީ މިއަދު މަޖިލިސް ޖަލްސާގައި ފައިރޫޝް ރިޓަޔަރ ކުރެއްވި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ހަސަން ވިދާޅުވީ ބަޣާވާތުގެ ބައިވެރިވެފައިވާ އެއްވެސް މީހަކަށް ޝަރަފްވެރިކަމާ އެކު ރިޓަޔަރއެއް ނުކުރެއްވޭނެ ކަމަށާއި އެކަން އެމްޑީޕީން ދުވަހަކު ވެސް ބަލައި ނުގަންނާނެ ކަމަށެވެ. އަދި ބަޣާވާތުގެ އެންމެ ކުރީގައި ހުންނެވި މީހަކަށް ޝަރަފްވެރިކަމާ އެކު ވަކި ނުވެވެވޭނެ ކަމަށާއި އެއީ ރައީސް ޞާލިހު ވެސް ބަލައި ގަންނާނެކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.

ޑރ.ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކޮށްފައިވާ މައްސަލައަކީ ޤާނޫނު ނަންބަރު 34/2000 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އެކުލަވައިލައި ތަޞްދީޤުކޮށްފައި ވަނިކޮށް، އަދި އެ ޤާނޫނަށް ޢަމަލުކުރަން ނުފެށި ވަނިކޮށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރައްވައިފައިވާތީ، އެ
މައްސަލަ ބައްލަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުއްވުމުން ބެލުނު މައްސަލައެކެވެ.

Advertisement
Allied Insurance — Square (box)

ކޮމިޓީން މައްސަލަ ދިރާސާކުރި ގޮތް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް މި މައްސަލަ ފޮނުވުމާ ގުޅިގެން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ގޮތުގެ ތަފްޞީލު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކޮމިޓީއަށް ހޯދައިފައިވާ ކަމަށް މައްސަލައިގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެެވެ. އެގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު އެކުލަވައިލައި ތަޞްދީޤުކޮށް، އަދި އެ ޤާނޫނަށް ޢަމަލުކުރަން ނުފެށި ވަނިކޮށް ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާ އެކު ރިޓަޔަރ ކުރައްވައިފައިވާ ގޮތާއި، އޭގެ ސަބަބުތަކާއި، އަދި ރިޓަޔަރ ކުރުމުގައި ޢަމަލުކޮށްފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ ގުޅޭ އުޞޫލުތަކާއި، މަޢުލޫމާތުތައް ލިޔުމުން ކޮމިޓީއަށް ހޯދައިފައިވާކަމަށް ވެސް މި މައްސަލައިގެ ރިޕޯޓުގައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް